Last Updated: April 8, 22:35
Tuesday, April 8, 2025
ޚަބަރު ކޮރޯނާ ވައިރަސް

މަޖިލިސް އިދާރާގައި ވެކްސިން ދިނުން އާންމުކޮށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލިސް އިދާރާގައި ކޮވީޑް-19 އަށް ވެކްސިން ދިނުމުގެ ކަންކަން އާންމުކޮށް ހުޅުވާލައިފި އެވެ.

މަޖިލިސް އިދާރާގައި ގާއިމްކޮށްފައިވަނީ އޭޑީކޭގެ ވެކްސިން ސެންޓަރެކެވެ.

ކުރިން އެތަނުގައި ހާއްސަ ލިސްޓަކަށް ވެކްސިން ޖަހަމުން އައި ނަމަވެސް މިހާރު ވެކްސިން ދިނުން އެތަނުގައި އާންމުކޮށް ހުޅުވާލާފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެ ތަނުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި މިއަދު ވެކްސިން ދޭނީ 30 އަހަރުން މަތީގެ ހުރިހާ އެންމެންނަށާއި، 18 އަހަރާއި 30 އަހަރާ ދެމެދުގެ ހައި ރިސްކް މީހުނަށެވެ.