ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
"ރަށްވެހި ފަތިސް އަލިވިލުން"ގެ ނަމުގައި ކެމްޕައިން ލޯންޗް ކުރުން މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖަލްސާ އޮންނާނީ މިރޭ 08:30 ގައި ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
އެމްޑީޕީން ބުނެފައިވަނީ މި ޖަލްސާ ލައިވްކޮށް ބްރޮޑްކާސްޓް ކުރާނެ ކަމަށެވެ.
#LCE2021 adhi #WDC2021 Campaign launching Jalsa #Rahvehifathis Alivilun mirey (25/2) 8:30 ga onnaane. Mi Jalsa live broadcast kureveyne. pic.twitter.com/6DOvODUrtt
— MDP Secretariat (@MDPSecretariat) February 25, 2021
ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.
އެމްޑީޕީން މިހާރުވެސް އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދު ހިމެނޭގޮތަށް އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ސެޝަންތައް ކުރިއަށް ގެންދަމުނުންނެވެ.