Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ސިޓީ ސްކެއާގައި ކަނޑުފޭރޭ މީހުންގެ ދިދައެއް!

ސިޓީ ސްކެއާގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގާފައި:މި ދިދަ ފުލުހުން މިހާރު ވަނީ ބާލާފައި. ފޮޓޯ/ އައްޑޫ ލައިވް

މިއަދު އައްޑޫ ސިޓީ ސިޓީ ސްކްއާގައި ބަޔަކު ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގައިފި އެވެ.

މިކަން ކުރީ ކޮން ބަޔަކުކަން އަދި ނޭނގޭ ކަމަށާއި، މިކަންކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އެ ސަރަޙައްދުގަައި ހަރަކާތްތެރިވަމުން ދިޔަ ޕޮލިހުންގެ އޮފިޝަލަކު ވަނީ މަޢުލޫމާތު ދީފަ އެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ ދިދަ ނެގި މީހުން އެހެން ބަޔަކަށް ދިދަ ތިރި ނުކުރެވޭ ގޮތަށް ހޮޅީގައި ހުންނަ ހެންޑެލި ލައްވާތަނަށް ތެރަސް އަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިހާރު ދިދަ ހަރުކޮށްފައި ހުރި ނަރުގަނޑު ބުރިކޮށްލައިގެން ދިދަ ތިރިކޮށްފައެވެ.

ސިޓީ ސްކެއާގައި ބެހެއްޓި 75 ފޫޓްގެ ބޮޑު ދިދަ ދަނޑީގައި ގައުމީ ދިދަ ނުނަގާތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، ދިދަ ދަނޑި އަށް ވަނީ އެކި ވަރުގެ ގެއްލުންތަކެއް ވެސް ލިބިފަ އެވެ.

އެގޮތުން ދިދަ ދަނޑީގައި ކޮޅުގައި އިންނަ ކުރިބޯށި ވެސް ވަނީ ހަލާކުވެގެން ވެއްޓިފަ އެވެ.