Last Updated: November 25, 14:40
Monday, November 25, 2024
ޚަބަރު

މަލީހު ނަޝީދަށް: ނޯތު ކޮރެއާއެކޭ ތަފާތެއް ނެތް!

މަޖްލިސްގެ ރައީސްކަން ކުރައްވަނީ ހަތް ފޫޓު ފާރެއްގެ ފަހަތުގައި ފިއްލަވާ އިންނަވައިގެންކަމަށް ވިދާޅުވެ މަޖްލިސްގެ ރައިސް މުހައްމަދު ނަޝީދުއަށް ދާދި ފަހުން ވަޒީރުކަމުން ވަކި ކުރި ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަކީ ހުދުމުހުތާރު މީހެއް ކަމަށާއި ނޯތު ކޮރެއާއެކޭ ތަފާތެއް ނެތް ކަމަށެވެ.

"ރިޔާސަތުގެ ގޮޑި އިންނަ ހުދުމުހުތާރު ފާރު އަދިވެސް ތަޅާނުލާ، 7 ފޫޓު ފާރެއްގެ ނިވަލުގައި މަޖްލިސް މެމްބަރުންނަށް ބިރަށް، ރައިސް ކަން ތޯ އެކުރައްވަނީ، ނޯތު ކޮރެއާއެކޭ ތަފާތެއް ނެތް" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ހަމަޔާ އިންސާފާއި އަދުލުވެރިކަން މަޖްލިސް މެމްބަރުންގެ ކިބައިން ނިގުޅައިގަންނަމުންދާ ކަމަށެވެ.

މަލީހު ވަޒީރުކަމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 59 މެމްބަރުންގެ ވޯޓުންނެވެ. އެދުވަހު މަޖްލިސްއަށް ޖަވާބުދާރީވުމަށް ވަޑައިގެންވެސް މަލީހު ވަނީ މަޖްލިސްގެ ރައީސަށާއި މެމްބަރުންނަށް ބަހުގެ ހަމަލާ ދެއްވާފައެވެ. އޭގެ ފަހުން ޓްވިޓާގައި މަލީހު އަންނަނީ މަޖްލިސްގެ ރައީސަށާއި މެމްބަރުންނަށް ފާޑު ކިޔަމުންނެވެ.