Last Updated: November 23, 11:53
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

މިސްކިތްތަކުގައި ގައިދުރުކުރަން ފާހަގަ ޖަހަން ފަށައިފި

މާލޭސިޓީ މިސްކިތްތަކުގައި ގައިދުރު ކުރުމަށް ފާހަގަ ޖަހަން ފަށައިފި އެވެ.

މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވަނީ އިއްޔެއެވެ.

މާލޭގެ މިސްކިތްތަކުގައި ގައިުރުކޮށްގެން ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެކަން އިއުލާނުކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނި އިސްލާމިކް މިނިސްޓްރީން ނެރުނުު ބަޔާނެއްގައި ބުނީ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރުގެ ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް، ހެދުންކަމަށް ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދީފައިވާތީ ކަމަށެވެ

ކޮވިޑް-19 ހަލުވިމިނުގައި މަލޭގައި ފެތުރެމުން އަންނައިރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ގައިދުރު ކޮށްގެން ނަމާދަށް ސަފުހެދުމަށް ނިންމާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ މި ނިންމުމަށް ބައެއް ދީނީ އިލްމުވެރިން އަންނަނީ ފާޑުކިޔަމުންނެވެ.