Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޕީޕީއެމް އޮފީހަށް ދެވެން ހުރި މަގުތައް ފުލުހުން ބަންދުކޮށްފި

އިދިކޮޅު ޕީޕީއެމް އޮފީސް އަށް ދެވެން ހުރި ހުރިހާ މަގުތަކެއް ބެރިކޭޑު ޖަހައި ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން ޕީޕީއެމް އޮފީސް އަށް ދެވެން ހުރި މަގުތައް ބަންދުކޮށްފައި މިވަނީ މިއަދުވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ނިންމާފައިވަނިކޮށެވެ. އިިދިކޮޅު ފަރާތްތަކުން އަންނަނީ "މަގޭ ފްލެޓު ކޮބާ؟" ނަމުގައި ސިލްސިލާ މުޒާހަރާ މާލެ ތެރޭގައި ބާއްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ތައްޔާރުވަމުން އަންނަ އިރު މިއަދުން ފެށިގެން 5 މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމަކީ މަނާކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ކަނޑައަޅާފައެވެ.

ތަފްސީލް އަންނަނީ….