Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

މެނޭޖްމަންޓާއި މަޝްވަރާ ކުރުމަށްފަހު ޕައިލެޓުން އިހްތިޖާޖު ހުއްޓާލައިފި

މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލެޓުންނާއި އައިލެންޑު އޭވިއޭޝަންގެ މެނޭޖްމަންޓުން ބައްދަލުކޮށް މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން ޕައިލެޓުން ކުރަމުން އައި އިހްތިޖާޖު ހުއްޓާލައި މަސައްކަތަށް ނިކުމެއްޖެއެވެ.

މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުން މިއަދު އިހްތިޖާޖު ކުރީ ޗީފް ޕައިލެޓުގެ މަގާމުގައި ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. އެ ޕައިލެޓުން ވަނީ ޗީފް ޕައިލެޓުގެ މަގާމު އޭނާއަށް ދިނުމަށް މެނޭޖުމަންޓުގައި އެދިފައެެވެ.

މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ ޕައިލެޓުންގެ ފަރާތުން ޙައްލުކުރަން އެދުނުކަންކަން މެނޭޖްމަންޓުންވަނީ އަޑުއަހާ ޙައްލުކުރަންހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަންދީފައިކަމަށެވެ.

މޯލްޑިވިންގެ ޕައިލެޓުން ވަނީ މުސާރަ ކުޑަކުރުމަށްފަހު ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަންވެސް މެނޭޖްމަންޓަށް ހުށަހަޅާފައެވެ.