ގއ. ދެއްވަދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.
ހޯމް ކަރަންޓިންގައި ހުރި މީހަކު ކޮވީޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެގޮތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުންގެ ނަތީޖާ ލިބެންދެންނެވެ.
ތިން ފަހަރެއްގެ މަތިން ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެންމެ ފުރަތަމަ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ.
އެފަހަރު ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ދާންދުއާއި ވިލިނގިއްޔާއި ލ.ފޮނަދޫ އަދި ހުޅުމާލެއިން ޖުމްލަ 85 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.