މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މުސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އަސަރަހައްދަށް ވައިޓް އެލަާޓް ނެރެފައިވަނީ ހެނދުނު 07:45 ކުން 13:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އަދި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms with gust of 40 mph. pic.twitter.com/iziTctXLkw
— Maldives Meteorology (@MetMaldives) March 9, 2021