ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެއްދެވީ އިތުރުފުޅެއްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައިތިބީ އެމީހުންގެ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުންގެ ފަރާތުން ލިބެންޖެހޭ ލިޔެކިޔުންތައް ލިބުމުންކަމަށެވެ. އަދި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ލިބިފައި ނެތްކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު އެރުވި ކަމަަށެވެ. އެހެންނަމަވެސް އެ ފުރުސަތުގެ ބޭނުން ރައީސް ޔާމީން ނުކުރެއްވީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީން ފަރުވާއެއް ހޯދުމަށްޓަކައި އެދިފައިނުވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވުދާޅުވީ އެވާހަކަތަކަކީ އިތުރުފުޅެއްކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީނަށްދޭ އަނިޔާގެ ފަހަތުގައި ތިބީ ރައީސް ސޯލިހާއި ސަރުކާރު ކޮންޓްރޯލް ކުރާ ބައިވެރިންކަމަށެވެ. އަދި ޤާނޫނުއަސާސީއާއި މުޅި ޤައުމު އޮތީ ހޮސްޓެޖް ހާލަތެއްގައި ކަމަށެވެ.
Miee varah faalhugai raees @ibusolih h’adhavaa ithurufulheh. RYameen dhey aniyaa ge fahathugai vanee RS aai sarukaaru control kuraa baiverin. Qn ge folhuvathakun akuruthah vakivefaiveenamaves QA aai mulhi dhaulaiy vanee hostage haalathegga. https://t.co/t7mwW0YADu
— Mohamed Saeed (@em_saeed) March 11, 2021