Last Updated: February 21, 18:25
Friday, February 21, 2025
ޚަބަރު

ދިއްދޫ "އަމާން ވެށި" ގައި ހުރި ކުއްޖަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގެ "އަމާން ވެށި" ހުޅުވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ހއ. ދިއްދޫ އަމާންވެށީގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދިއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ފޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ ދިއްދޫ އަމާންވެށީގައި ހުރި ކުއްޖެއް ކަމަށް ކައުންސިލުން ބުނެއެވެ.

ދިއްދޫ ކައުންސިލުން ވަނީ ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް ނުދިއުމަށާއި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ދިއްދޫގައި ހަދާފައިވާ "އަމާން ވެށި" އަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 15 ކުއްޖަކު މި މަހުގެ ކުރީކޮޅު ވަނީ ބަދަލުކޮށްފައެވެ.