ރިޔާސީ އިންތިހާބް ނުބޭއްވި ރާއްޖެ ވަނީ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި ދެކުނުގެ އަތޮޅުތައް ވަކި ދައުލަތަކަށް ގޮވާލަމުންދާ ކަމަށް އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ މިއަދު ކުރި ޓްވީޓެއްގަ އެވެ.
ރިޔާސީ އިންތިހާބް ނުބޭއްވި ދިގު ލަމުންދާތީ ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. އަދި ރާއްޖޭގެ ހާލަތަށް މިހާރު ކުރިމަތިވެފައިވާ މައްސަަލަތަކާ ގުުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ދެކުނުގެ އަތޮޅުތައް ވަކި ދައުލަތަކަށް ގޮވާލަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، ސުވާދީބް ދައުލަތުގެ ގޮތުގައި ހުވަދު އަތޮޅާއި އައްޑު އާއި ފުވައްމުލަކުގައި، އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ހިންގި ވަކި ސަރުކާރުގެ ދިދަ ވެސް މީގެ ކުރިން ހިތަދޫގެ ބައެއް ދިމަދިމާލުގައި ނަގާފައިިވާކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ސުވާދީބުގެ ވެރިއަކަށް ހުންނެވި މަރުހޫމް އަބްދު އަފީފުގެ ގޯތީގައި ބަޔަކު ވަނީ ސުވާދީބްގެ ދިދަ މީގެ ދުވަސްތަކެއް ކުރިން ނަގައިފަ އެވެ.
އެ ދިދަ ނަގާފައި ހުރީ އެ ގޭ ގޯތިތެރޭގައި ހުރި ފެން ފޯއް ރުކެއްގަ އެެވެ.