Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު ފުލުހުން

ޕިއްޒާބޯނާއިން ވައްކަން ކުރި މީހަކު ހޯދަނީ

ފޮޓޯ: ފުލުހުން

ޕިއްޒާބޯނާއިން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ވައްކަން ކުރި މީހާގެ ފޮޓޮއަކާއި އެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނެފަައިވަނީ، މާރިޗު 3 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާފަންނުގައި ހުންނަ ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައިއޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުންދާ ކަމަށެވެ.

ވީމާ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (480632) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.