Last Updated: April 19, 10:37
Saturday, April 19, 2025
ޚަބަރު ކޮވިޑު-19

މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ރ،މަޑުއްވަރި

ރ. މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު މަޑުއްވަރިން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އުނގޫފާރު ކަލަސްޓާއާއި ގުޅިގެން މަޑުއްވަރީގައިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. ރ. މަޑުއްވަރީގައި ކޮވިޑް-19 އަށް މިވަގުތު ޕޮޒިޓިވްކޮށް ތިބީ ދެ މީހުންނެވެ. އެއީ އުނގޫފާރު ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވި މީހާގެ އިތުރުން ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.