Last Updated: April 19, 10:13
Saturday, April 19, 2025
ޚަބަރު ކޮވިޑު-19

އުނގޫފާރު ކްލަސްޓާ: ހުޅުދުއްފާރު މޮނިޓަރިންއަށް

ރ. ހުޅުދުއްފާރު--

ރ. ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރި ހުޅުދުއްފާރު މީހަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންއާއި ކޭސް އިންވެސްޓިގޭޝަން ނިމެންދެން ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތަށް ލާފައިވާކަމަށެވެ.

އުނގޫފާރުން ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު އެ ކޭސްއާއި ގުޅިގެން ރ. މަޑުއްވަރިވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.