މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 09:00 އިން މެންދުރު 02:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
Alert White extended. pic.twitter.com/b6NLgrANjk
— Maldives Meteorology (@MetMaldives) March 27, 2021