Last Updated: November 25, 10:43
Monday, November 25, 2024
ޚަބަރު

ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް!

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ އާއި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިއްޔެ ހަވީރުން ފެށިގެން ދެކުނަށް ކުރަމުންދާ ވިއްސާރާގައި ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހި އައްޑޫ އާއި ފުވައްމުކަލުގެ ގިނަ ގެތަކަށް ފެންވަދެ، ބައެއް ގޭގެ ފުރާޅުވަނީ އެއްލާލާފައެވެ. އަދި ގިނަ އަދަދަކަށް ރުއްގަސް ވެއްޓި ބައެއް މަގުތައް ވަނީ ބްލޮކްވެފައެވެ.

ވިއްސާރަގައި ލިބުނު ގެއްލުން ތަކާއި ގުޅޭ ގޮތުން ފުވައްމުލަކު ކައުންސިލުން ވަނީ އެ ކައުންސިލާއި މައުލޫމާތު ހިއްސާ ކުރުމަށް ހޮޓްލައިން ނަންބަރުތަކެއް ގާއިމް ކޮށްފައެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ވިއްސާރާގެ ސަބަބުން ފެންބޮޑުވުން ފަދަހާލަތެއް މެދުވެރިވެއްޖެނަމަ ފުވައްމުލައް ފަޔާރ ސްޓޭޝަންގެ ނަންބަރު 6869118 އަށް ގުޅުއްވުން އެދިފައެވެ. އަދި ފުވައްމުލައް ޕޮލިސް: 6865013 ފުވައްމުލައް ސިޓީ ކައުންސިލް ހޮޓްލައިން:7315001,7543656 ގުޅައި އެހީ ހޯދުމަށް ވަނީ އެދިފައެވެ.

ވިއްސާރާގައި އައްޑޫ ސިޓީއަށް ލިބުނު ގެއްލުންތަކާއި ގުޅޭ ގޮތުން ކައުންސިލުން އަދި އެެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

ދެކުނަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރޭ ދަންވަރު މެޓު އޮފީހުން ވަނީ މި ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފައެވެ.