މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ހއ.ދިއްދޫގައި މޯލްޑިވްސް ޕޯސްޓުގެ އޮފީހެއް ހުޅުވައިފިއެވެ.
ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިއޮފީސް ހުޅުވައިދެއްވީ ހއ.ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަބްދުالله ވަޙީދު އެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި، ޕޯސްޓުގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ،
ސަރުކާރުގެ މުހިންމު އަމާޒަކަށްވާތީ، މި އަމާޒަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޚިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވާރކް ފުޅާކޮށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ ޚިދުމަތްތައް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯރމްގެ ތެރެއިންނާ އަދި މިފަދަ އިންޓަރނޭޝަނަލް ޕްލެޓްފޯރމްތަކުގެ ތެރެއިން ހިންގާ ވިޔަފާރި
މުޢާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލްގެ ގާތްގަޑަކަށް %50 އަކީ އަތޮޅުތެރެއަށް
އެޑްރެސްކުރެވިފައިވާ މޭލްކަން ކަން މޯލްޑިވްސް ޕޯސްޓުން ފާހަގަ ކުރެއެވެ. އަދި މިހަޤީގަތްތަކުގެ އަލީގައި، އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާ ކުރުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ
ކަމެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.
7 .އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕޯސްޓު އޮފީސް ޤާއިމްކުރެވިފައިވެއެވެ. މި އަތޮޅުތަކުގައި
ވެސް ކުރިއަށް އޮތްތަނުގައި ޕޯސްޓު އޮފީސްތައް ގާއިމްކުރުމަށް ޕްލޭން ކުރެވިފައިވެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން
ރަށްތަކުގައި އެޖެންސީ ޕޯސްޓު އޮފީސް މެދުވެރިކޮށް ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ.