Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

ކުރެންދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ޅ. ކުރެންދޫއިން ދެމީހަކު ކޮވީޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުރެންދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ނައިފަރަށް ދިޔަ މީހަކާއި އެރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން މީހެކެވެ.

މި މީހުންގެ ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމން އަންނަކަމަށް މައުލޫމާތު ދީފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ނައިފަރުގައި މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. 5000 އަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ ނައިފަރުން މިހާތަނަށް ވަނީ ކޮވިޑަށް 56 މީހަކު ޕޮޒިޓިވް ވެފައެވެ.