Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

މާލޭގައި އިއުލާނު ކޮށްފައި އޮތް ކާފިއު އުވާލައިފި

ފޮޓޯ: މުހައްމަދު އަފްޒަލް/ވަގުތު

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އައުލާނުކޮށްފައި އޮތް ކާފިއު އުފާލައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުން މިހާތަނަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމަށާއި، ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމާއި، ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކްތައް ހުޅުވައިލުން ހިމެނއެވެ.

އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުޅުވައިލުމާއި ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިޔަށް ގެންދިޔުމަށް ހުޅުވައިލުމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ޑޭ ކެއަރގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތް ދިނުމަށް ހުޅުވައިލުމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލްތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުން ހިމެނެއެވެ.

މީގެ އިތުރުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާޠިލުކުރާ ކަމަށްވެސް އެންގުމުގައިވެއެވެ.