Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

ގާޒީ ރިޒްމީނާ އަދި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ

ގއ. އަތޮޅަށް ވަޑައިގެން އުޅުއްވާ ޖޭއެސްސީ ތަހުގީގު ޓީމުގެ މެމްބަރުން--

ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛާ ރިޒްމީނާ އިދްރީސް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ، ދައުވާކުރާ ފަރާތް ތަމްސީލުކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން ބެލުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވަނީ އޭނާއަކީ ފެމިލީ ކޯޓުގެ އޭރުގެ އިސްގާޒީ ކަމަށްވީތީއެވެ.