Last Updated: November 28, 15:30
Thursday, November 28, 2024
މުނިފޫހިފިލުވުން

"ފިތޫރު" އަށް އަދިތިޔާ

ޝޭކްސްޕެއާގެ "ދަ ގްރޭޓް އެކްސްޕެކްޓޭޝަން" އަށް ބިނާކޮށް، އަބިޝެކް ކަޕޫރު ޑައިރެކްޓް ކުރާ "ފިތޫރު" ގެ ބަތަލަކަށް އަދިތިޔާ ރޯއި ކަޕޫރު ހަމަޖައްސައިފި އެވެ.

"އާޝިގީ 2" އިން ވިދާލި އަދިތިޔާ މި ފިލްމްގެ ލީޑް ރޯލަށް ހަަމަޖެއްސީ އަބިޝެކްގެ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފް ސުޝާންތު ސިންގް ރާޖްޕުޓް "ފިތޫރު" ގެ ލީޑް ރޯލަށް ކުރިން ހަމަޖައްސައިފައި ވަނިކޮށެވެ.

އެހެން ނަމަވެސް ހޮލީވުޑް/ބޮލީވުޑްގެ ޑައިރެކްޓަރު ޝޭކަރު ކަޕޫރުގެ ޑްރީމް ޕްރޮޖެކްޓް "ޕާނީ" އަށް ވަގުތު ދިނުމުގެ ގޮތުން "ފިތޫރު" އިން ސުޝާންތު ވަކިވާން ޖެހުނީ އެވެ.

ސަބަބަކީ ދެ ފިލްމްގެ ޝޫޓިން ޝެޑިއުލް ފައްތަރު އެރުމެވެ. އެހެންވެ "ފިތޫރު" އަށް ވަގުތު ދެވެން ނެތިގެން، ސުޝާންތު ފިލްމުން ވަކިވީ އެވެ.

މި ފިލްމުގައި އަދިތިޔާ އާ އެކު ބަތަލާއެއްްގެ ގޮތުގައި ފެނިގެން ދާނީ ކެޓްރީނާ ކެއިފެވެ. ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ.

މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ ކަންމީރާއި ލަންޑަނުގަ އެވެ.