Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު ކައުންސިލް އިންތިހާބް

ލޯކަލް ކައުންސިލް އިންތިހާބު: އައްޑޫސިޓީގައި 29 ވޯޓު ފޮށި!

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީގައި 29 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު އައްޑޫ ސިޓީގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 29 ވޯޓު ފޮއްޓެވެ.

އެއީ ހިތަދޫ ސްކޫލްގައި 4 ވޯޓު ފޮށި، ނޫރާނީ ސްކޫލްގައި 4 ފޮށު، ޝަރަފުއްދީން ސްކޫލްގައި 3 ފޮށި، އައްޑޫ ހައިސްކޫލްގައި 2 ފޮށި، އިރުޝާދިއްޔާ ސްކޫލްގައި އެއް ފޮށި މަރަދޫ ސްކޫލުގައި 2 ފޮށި، މަރަދޫފޭދޫ ސްކޫލްގައި 2 ފޮށި، ފޭދޫ ސްކޫލްގައި 5 ފޮށި، ހުޅުދޫ ސްކޫލްގައި އެއް ފޮށި، ނަސްރިއްޔާ ޕްރީސްކޫލްގައި އެއް ފޮށި، ސ. އަތޮޅު މަދަރުސާގައި ދެ ފޮށި އަދި ސ. އަތޮޅު މަދަރުސާގައި 2 ފޮށްޓެވެ. 

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މޭޔަރު ކަމަށް ތިން ކެނޑިޑޭޓުން ކުރިމަތިލައެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި އަލީ ނިޒާރު، ޕީޕީއެމްގެ ޓިކެޓުގައި މުހައްމަދު ލަތީފް އަދި އަމިއްލަ ގޮތުން އިބްރާހިމް ތާހިރުއެވެ.