Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު ކައުންސިލް އިންތިހާބް

އިންތިހާބަށް 498،000 އަށްވުރެއް ގިނަ ވޯޓު ކަރުދާސް ޗާޕު ކޮށްފި

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 498،000 އަށްވުރެއް ގިނަ ވޯޓު ކަރުދާސް ޗާޕު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާކު ކުރެވުނު ގޮތުގައި މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އީސީން މައުލޫމާތުދެއެވެ.

އީސީން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް 275،860 ވޯޓު ކަރުދާސްކޮޅު ޗާޕު ކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 222،324 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ އިންތިހާބަށް ޗާޕު ކުރި ވޯޓު ކަރުދާސްގެ ޖުމުލަ އަަދަދު އުޅެނީ 498،184 ގައެވެ.