Last Updated: April 22, 10:25
Tuesday, April 22, 2025
ޚަބަރު

ނައިބު ރައީސް، ފައިސަލް ނަސީމް ވޯޓު ލައްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވޯޓު ލައްވައިފިއެވެ.

ނައިބު ރައީސް ވޯޓުލެއްވީ މާފަންނު ދަނޑުގައި، މާލޭގައި ހުންނަ ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ހާއްސަ ފޮށްޓަށެވެ. ވޯޓު ދެއްވުމަށްފަހު އެ މަނިކުފާނު ވަނީ މީޑިއާއާއި ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގިނަ ބަޔަކު ވޯޓުލާން ނުކުތުމުގެ މުހިންމުކަން ފާހަގަ ކުރައްވާއެވެ. ނައިބު ރައީސް ވިދާޅުވީ ވޯޓުލުމުގެ ހައްގު ރަނގަޅަށް އަދާކޮށްފި ނަމަ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ހަލުވި ވެގެންދާނެ ކަމަށާއި، އަދި އެއާއެކު ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ހާލަތުގައި ދަތިތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.