Last Updated: April 22, 09:52
Tuesday, April 22, 2025
ޚަބަރު

އެމްޑީޕީގެ މައި ހާއްޔަށް ޕީޕީއެމް ބިސް އަޅައިފި ނޫންތޯ؟: ޝެއިޚް ޒައިދު

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުގެ މަގާމު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީގެ މައި ހާއްޔަށް ޕީޕީއެމް ބިސް އަޅައިފި ނޫންތޯ؟ އޭ ވިދާޅުވެ ޝެއިޚް ޒައިދު ސުވާލު ކުރައްވައިފިއެވެ.

ޝެއިޚް ޒައިދު މިހެން ސުވާލު ކުރައްވާފައިވަނީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"އެމްޑީޕީގެ މައި ހާއްޔަށް ޕީޕީއެމް ބިސް އަޅައިފި ނޫންތޯ؟ވިސްނަވާ! މިހެންވެ އަޅުގަނޑުމެން އަބަދުވެސް ބުނަނީ ދީނަށް އިޙްތިރާމް ކުޑަކޮށްގެން މޮޅުވެވޭނެ ކަމަށް ހީނުކުރާށޭ! ނުބައި އެމްޑީއެން ދިފާޢު ކުރީ ކޮންބައެއްކަން ރައްޔިތުން ހަނދާން އެބަހުރި! ބޮޑުމީހާ ފޮޓޯއަށް ވޯޓުލީ ޒަމާން ހިނގައްޖެ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އްޔެ ބޭއްވި ކައުންސިލް އިންތިހާބު އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް މުއިއްޒު ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މުއިއްޒު ކެމްޕެއިންގެ އެންމެ ބޮޑު ވައުދަކީ މާލޭ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުން ގެދޮރުވެރިކުރުމެވެ.