އިންޑިއާގެ "ބޯޑް އެގްޒޭމް 2021" ކެންސަލް ކުރުމަށް ޕެޓިޝަނުގައި ސޯނޫ ސޫދު ސޮއި ކޮށްފިއެވެ.
އެ ޕެޓިޝަނުގައި ސޮއިކުރުމަށްފަހު ވީޑިއޯއެއް ސޯޝަލް މީޑިއާއާއި ސޯނޫ ވަނީ ހިއްސާކޮށްފައެވެ. ސޯނޫ ބުނެފައިވަނީ ބޯޑު އެގްޒޭމް ކެންސަލް ކުރުމަށްފަހު އިންޓާނަލް އެސެސްމެންޓް މެތަޑެއް ކުދިން ޕްރޮމޯޓް ކުރުމަށްޓަކައި ބޭއްވުން ރަނގަޅު ކަމަށެވެ. އެ ވީޑިއޯގައި ސޯނޫ ބުނެފައިވަނީ ކޯވިޑް 19ގެ ޙާލަތު ހުރި ގޮތުން ކިޔަވާ ކުދިން އިމްތިހާނަކަށް ތައްޔާރުވެފައި ނެތްކަމަށެވެ.
ކިޔަވާ ކުދިންގެ ފަރާތުން ސޯނޫ ބޭނުންވަނީ ސީ.ބީ.އެސް.ސީ އަދި ބޯޑް އެގްޒޭމްސް އަށް އިމްތިހާނު ނުބާއްވާގޮތަށް ހަމަޖައްސަވާ ދެއްވުމަށް އެދެން ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
އިތުރަށް ސޯނޫ ބުނެފައިވަނީ ހާލަތު އެހާ ގޯސްކޮށް އޮތްއިރު ވެސް ސަރުކާރުން ބޭނުންވަނީ އިމްތިހާނު ބާއްވަން ކަމަށެވެ. އެއީ ވަރަށް ބޭއިންސާފު ގޮތެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެހެން ކަމުން ހުރިހާ ދަރިވަރުންގެ ފަރާތުން އެންމެން ނިކުމެ އެ ޕެޓިޝަނުގައި ސޮއިކޮށް އެކަމަށް އަޑު އުފުލުމަށް އޭނާ ވަނީ އެދިފައެވެ.