މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ސ. ހުޅުމީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 17:30 އެހާކަށްހާ އިރު ހުޅުމީދޫ ޖެޓީ ސަރަޙައްދުންނެވެ.
ފުލުހުން އޭނާގެ ހަށިގަނޑު ބަލާ ފާސް ކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތް ޕެކެޓް ފެނިފައި ވަނީ އޭނާ ލައިގެން ހުރި ސޯޓުގެ ޖީބަކުންނެވެ.
މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހްޤީޤް ކުރަމުންނެވެ.