ސ. މީދޫ ޝަމްސުއްދީން ސްކޫލްގެ 31 ވަނަ ގުރުއާން މުބާރާތުން އެއްވަނަަ މީދޫ ޒަމާނީވާދީ މަރިޔަމް ތިބުނާ ނަސީރާއި މީދޫ ސައިގޭ މަރިޔަމް ސަޖާޔާ ހޮވިއްޖެ އެވެ.
މަރިޔަމް ތިބުނާ ނަސީރާއި އާއި މަރިޔަމް ސަޖާޔާ ޝަމްސުއްދީން ސްކޫލްގެ 31 ވަނަ ގުރުއާން މުބާރާތުން އެއްވަނަ އަށް ހޮވިފައިވާކަން އިއުލާންކޮށްފައި ވަނީ މިމުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ޝަމްސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާއެއްގަ އެވެ.
ނުވަ ދިހަ ކުދީން ބައިވެރިކޮށްގެން ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ބޭއްވުނު މި މުބާރާތުން ދެވަނަ އަށް ހޮވިފައި ވަނީ މީދޫ ގޯލްޑަންޗެއިން މުހައްމަދު ރިޔާޝް އެވެ. ތިން ވަނައަށް ހޮވިފައި ވަނީ މީދޫ އުއިގަސްދޮށުގޭ އާއިޝަތު ޖުވެއިދާ އެވެ.
މިމުބާރާތުން 7 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ މީދޫ ޝާން މަރިޔަމް ރައުޝާ އަޒީމު އެވެ. މި އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ މީދޫ ނޫރާނީވާދީ ފާތުމަތު މަލްދާ ހަލީމެވެ.
ނުވަ އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ބައިން މީދޫ ބެންހާގޭ މުހައްމަދު ރައްޔާން މައުސޫމް އެއްވަނަ ހޯދާފައިވާ އިރު މި އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާފައި ވަނީ މީދޫ ސިޑްނީ އީނާ ހުސެން މުހައްމަދެވެ.
އެގާރަ އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ބައިން މީދޫ ގޯލްޑަންޗެއިން މުހައްމަދު ރިޔާޝް އެއްވަނަ ހޯދާފައިވާ އިރު މި އުމުރުފުރައިން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ މީދޫ ޒަމާނީވާދީ މަރިޔަމް ތިބުނާ ނަސީރެވެ.
މި މުބާާތުގެ 13 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ މީދޫ ސައިގޭ މަރިޔަމް ސަޖާޔާއެވެ. މި އުމުރުފުރައިގެން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ މީދޫ އުއިގަސްދޮށުގޭ އާއިޝަތު ޖުވެއިދާ އެވެ.
މީގެ އިތުރަށް މި މުބާރާތުގެ އެކި އުމުރުފުރާތަކުން 2 ވަނައަށާ 3 ވަނައަށް ހޮވުނު ކުދީންނަށް ވެސް ޓްރޮފީއާއި ހަނދާނީ ލިއުން ދީފައިވެ އެވެ.
މި މުބާރާތުން އެކި ވަނަތަކަށް ހޮވުނު ކުދީންނަށް ހަނދާނީ ލިއުމާއި ޓްރޮފީ ހަވާލްކޮށް ދެއްވީ ޝަރަފްވެރި މެހްމާނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު އަބްދުﷲ ސޯލިހެވެ.