Last Updated: December 23, 14:54
Monday, December 23, 2024
ޚަބަރު އެމްޑީޕީ

ޝިއްޕެ މިނިސްޓަރު ކަމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝީފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަން ނިންމަވާ އެ މަަސައްކަތް ކުރައްވާކަން ހާމަވެފައިވާ ވަގުތެއްގައި، ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކުރަން އުޅޭކަމުގެ އަޑުތައް ވަނި ގަދަވެއެވެ.

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވަކިކުރުމަށް ނިންމާފައިވާކަމަށް ވާހަކަ ދެކެވޭއިރު މިފަހުން ޝިފާޒް ވަނީ އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް މަސައްކަތްވެސް ފައްޓަވާފައެވެ.

ދެހާސްނުވަ ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުގެ ގޮތުގައި އިންތިހާބު ވެ ވަޑައިގެންނެވި ޝިފާޒް، އެމްޑީޕީގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޝިއްޕެ ވަނީ އެމްޑީޕީގެ ނައިބު ރައިސްގެ މަގާމުވެސް ދިފާއު ކުރައްވާފައެވެ