Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އެކްޓަރ ބިކްރަމްޖީތު ކޮވިޑް ޖެހިގެން މަރުވެއްޖެ

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމްތަކުންނާއި ސިލްސިލާތަކުން ފެނިފައިވާ ބިކްރަމްޖީތު ކަންވަރްޕާލް 52 އަހަރުގައި، ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހު މަރުވެއްޖެއެވެ.

ބިކްރަމްޖީތު އިންޑިއަން އާމީ އިން ރިޓަޔާ ވުމަށްފަހު ފިލްމު ކުޅެން ފަށާފައިވަނީ 2003 ގައެވެ. އޭނާ ފެނިފައިވާ ބައެއް މަޝްހޫރު ފިލްމްތަކުގެ ތެރޭގައި، "ޕޭޖް 3"، "އާރަކްޝަން"، "ޕްރޭމް ރަތަން ދަން ޕާޔޯ"، "ޖަބްތަކް ހޭ ޖާން"، އަދި "2 ސްޓޭޓް" ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ފިލްމް"ގާޒީ އެޓޭކް" އިންނެވެ. އެ ފިލްމުގެ ލީޑް ރޯލުގައި ހަރަކާތްތެރިވެފައިވަނީ ރާނާ ދައްގުބަތީ އާއި ތާޕްސީ ޕަންނޫއެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ ބިކްރަމްޖީތު މަރުވުމުން ތައުޒިޔާ ކިޔާފައެވެ.