Last Updated: November 24, 19:19
Sunday, November 24, 2024
ޚަބަރު

ސޯނިއާ ގާނދީ އިންޑިއާ ސަރުކާރަށް: މިއީ ޒިންމާ އަދާކުރަންޖެހޭ ވަގުތު

އިންޑިއާ ސަރުކާރުން މިއީ އެމީހުންގެ ނިދިން ހޭލައިގެން ޒިންމާ އަދާކުރަންޖެހޭ ވަގުތު ކަމަށް ކޮންގްރެސްގެ ރައީސާ ސޯނިއާ ގަނދީ ވިދާޅުވެއްޖެއެވެ.

ސޯނިއާ މިހެން ވިދާޅުވެފައިވަނީ ކޮވިޑްގެ ދެވަނަ ރާޅެއް އިންޑިއާއަށް އަރާ މުޅި ޤައުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި މިކަމަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ޕެންޑަމިކުން ސަލާމަތްކުމަށް ޤައުމީ ލެވެލްގައި ޕޮލިސީތަކެއް ސަރުކާރާއި ސިޔާސީ ފަރާތްތައް ގުޅިގެން އެކުލަވާލަން ޖެހޭކަމަށް ވެސް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ޖަހައިދިނުމަށާއި ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ވެސް ހަލުވި ސްޕީޑްގައި ކުރިޔަށް ގެންދިޔުމަށް އެ ކަމަނާ ވަނީ ކަމާއިބެހޭ ފަރާތަތްކަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ސޯނިއާ ވަނީ ސަރުކާރުގެ ފަރާތުން ކޮންމެ ނިކަމެތި އާއިލާއަކަށް 6000 ރުޕީސްގެ އެހީތެރިކަމެއް ދިނުމަށް ވެސް ގޮވާލާފައެވެ.

ކޮންގްރެސް އިން ވަނީ ސަރުކާރާއި ރައްޔިތުންނާއި ގުޅުވައިދޭ ކޮންޓްރޯލް ރޫމެއް އެ ކަމަނާގެ ބެއްލެވުމުގެ ދަށުން އުފައްދަވާފައެވެ. މިކަމުގެ ސަބަބުން އާންމުންނާއި ހަމަޔަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމަށާއި، މައުލޫމާތުތައް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.