އެންވަޔަރެމެންޓު މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އަދި ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތެއްގައި މި ދެބޭފުޅުންނަށް ވަޒީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަރުއްވާފައެވެ.
ފިޝަރީޒު މިނިސްޓަރ ކަމަށް އައްޔަން ކުރެއްވި ޑރ. ހުސެއިން މީގެ ކުރިން ހުންނެވީ އެންވައިރަމެންޓު މިނިސްޓަރގެ މަގާމުގައެވެ. އަދި ކުރިން ފިޝަރީޒް މިނިސްޓަރ އަކަށް ހުންނެވި ޒަހާ ވަހީދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރއަކަށް ބަދަލު ކުރައްވާފައެވެ.
ކެބިނެޓަށް ރައީސް ސޯލިހު ބަދަލު ގެނެސްފައި މިވަނީ ކެބިނެޓުގެ ބައެއް ވަޒީރުން ބަދަލު ކުރުމާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައިސް އޮފީހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.