ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓްރީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވައިފިއެވެ.
ރައިސް ވަނީ ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓްރީ އުވާލެއްވުމަށްފަހު އެމިނިސްޓްރީގެ މަސައްކަތް އެންވައިރަމެންޓު މިނިސްޓްރީގެ ދަށައް ބަދަލު ކުރައްވާފައެވެ. އަދި މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލު ކުރައްވާފައެވެ.
ރައިސް ވަނީ މިއަދު އެންވައިރަމެންޓު މިނިސްޓަރއަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރައްވާފައެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އުވާލެއްވި އިރު ކުރިން އެމިނިސްޓްރީ ހިންގެވީ ޖުމްހުރީ ޕާޓީގެ ސްލޮޓުގައި މަގާމަށް ވަޑައިގެންނެވި މުހައްމަދު މަލީހު ޖަމާލުއެވެ. މަލީހު ވަނީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން އެ މިނިސްޓްރީ ހިންގަވަމުން އައީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ.