ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ހެލްތް މިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައު ބުނެފައިވެއެވެ.
ހެލްތް މިނިސްޓްރީން މިފަދައިން އިޢުލާނެއް ކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި މީގެ ކުރިން ގޯސްވެފައިނުވާ މިންވަރަށް ގޯސްވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އައިސީޔޫތައް ފުރެމުންދާ ވަގުތެއްގައެވެ.
އެ މަސައްކަތުގައި ހިލޭސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރުhr.heoc@health.gov.mv އަށް އީމެއިލް ކުރުމަށް ހެލްތުން ވަނީ އެދިފަ އެވެ.
އިއްޔެ އެކަނި ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 440 މީހުންނަކީ މާލެ ސަރަހައްދުން ވެފައިވާ މީހުންނެވެ. މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ. އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ވަނީ ފުރިފަ އެވެ.
މިހާރު ކުރިޔަށް މިދާ ސްޕީޑްގައި ކޮވިޑް ފެތުރެމުންދާ ކަމުގައިވާނަމަ އިންޑިއާއިން މިއަދު ފެންނަމުންއެދާ ފަދަ މަންޒަރުތަކެއް ރާއްޖެއިން ފެނުމަކީ ގާތްކަމެއް ކަމުގައި ކަމުގެ ތަޖުރިބާ ކާރުން ބުނެއެވެ.