މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ އެލާޓް ލެވެލް މަތިކޮށްފައިވާކަން އެ މުއައްސަސާއިން ހާމަކޮށްފައިވަނީ ފުލުހުންގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.
މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައި.
ފޮޓޯ: ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. pic.twitter.com/9IgveUT8EN
— Maldives Police (@PoliceMv) May 6, 2021
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ދަނީ އެލާޓް ލެވެލްތައް މަތިކޮށް އިތުރަށް ސަމާލުވާން ފަށާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑެއްގެ އިތުރުން ބޭރުމީހަކަށްވެސް އަނިޔާތައް ވެފައިވެއެވެ.
ރައީސް ނަޝީދަށް ދެވުނު މި ޓެރަރިސްޓް ހަމަލާ ރާއްޖެއާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.