Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އިންޑިއާ ވޭރިއަންޓްގެ 6 ކޭސް ބަންގާޅުން ފެނިއްޖެ

Sharmin Akter, works as a community facilitator under the LIUPC project of UNDP Bangladesh. Her job focuses on raising awareness about washing hands and remaining clean amid the coronavirus pandemic for the marginalized people. She also shows how to take care of children during such crisis.

ބަނގްލަދޭއިން އިންޑިއާއަށް ޒިޔާރަތްކުރި 6 މީހެއްގެ ގައިން ކޮވިޑް-19ގެ އިންޑިއަން ވޭރިއަންޓް ފެނިފައިވާ ކަމަށް އެ ޤައުމުގެ ހެލްތް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޑިރެކްޓޮރޭޑް ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ ތަރުޖަމާނު ޕްރޮފެސަރ ޑރ. ނަޒްމުލް އިސްލާމް މުންނާ ވިދާޅުވީ ސިއްޚީ މާހިރުންނަށް މިކަން އެނގިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ 6 މީހުންގެ ތެރެއިން 2 މީހަކު ފާހަގަ ކުރެވިފައިވަނީ ވެރިރަށް ޑާކާއިން ކަމަށެވެ.

މި 6 މީހުންގެ ފަރާތުން މި ނަތީޖާ ފެނުނީ އިންޑިއާއަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި ޤައުމަށް ގޮސް ކަރަންޓީން ނިންމާފައި ޓެސްޓް ކުރުމުންނެވެ. މީގެ އިތުރު ކޭސްތަކެއް ކުރިޔަށްހުރި ދުވަސްތަކުގައި ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ޑރ. މުންނާ ވިދާޅުވެފައިވެއެވެ. މި ކޭސްތައް ފެނުމުގެ ސަބަބުން އެ ޤައުމުން އިތުރަށް ސަމާލުވެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގައި ބަނގްލަދޭޝްއިން ވަނީ އިންޑިއާއިން އެޤައުމަށް ވަދެވޭ ބޯޑަރު ބަންދުކޮށްފައެވެ. އެހެން ނަމަވެސް ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާގައި ތިބި އެ ޤައުމުގެ ރައްޔިތުން އެނބުރި ޤައުމަށް އެތެރެވަމުންދާ ކަމަށާއި އަދި ކަރަންޓީންގެ ޤަވާއިދުތަކާއި ޚިލާފަށް ވެސް ބައެއް ފަރާތްތަކުން ޢަމަލު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ އިތުރު ނުރައްކަލާ ކުރިމަތިލާން ޖެހުމަކީ ގާތް ކަމެއް ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ.