Last Updated: May 10, 06:28
Saturday, May 10, 2025
ޚަބަރު

ކޮވިޑު ހައްލުވާން އޮތީ އެޗްޕީއޭ އިސްލާޙުވެގެން: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ދި އިސްލާމް

ރާއްޖޭގައި މިހާރު މިއޮތް ކޮވިޑްގެ ޙާލަތުން އަރައިގަނެވޭނީ އެޗްޕީއޭ ވެސް އިސްލާޙުވެ، އަޅުގަނޑުމެން ވެސް އިސްލާޙުވެގެން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވެ، އާންމުގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވާ ވަގުތެއްގައި މި ކަމަށް އިޝާރާތްކުރައްވާ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"މިކަން ވާންއޮތީ، އެޗްޕީއޭ ވެސް އިސްލާޙުވެ، އަޅުގަނޑުމެން ވެސް އިސްލާޙު ވެގެން! އެޗްޕީއޭގެ ފަރާތުން އެދެނީ ކުޅޭކުޅޭ އުޞޫލުން އިސްތިސްނާ ޙާލަތްލައް ނުއުފައްދަން! އަޅުގަނޑުމެން ކުރަންވީ ކަމަކީ ފަރުދީ ޒިންމާ އަދާކުރުން! ﷲ މި ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރައްވާށި! އާމީން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އިއްޔެ ވެސް ރާއްޖެއިން 1091 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 9423 ކޭސް އެވެ. މި ބަލިން 26،299 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 250 މީހަކަށެވެ. މި ބަލީގައި 84 މީހަކު ވަނީ ނިޔާވެފައެވެ.

ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް

އޭނަމީނަ

ކޮވިޑު ހައްލުވާނީ ދިވެހިން އިސްލާހުވެގެން މަގުތަކާ ފިހާރަތައް ފުރެންދެން އެވެރިން އެއުޅެނީ ބިރެއް ސަރަމެއްނެތި

ބޯހަލައިކު

ރާއްޖޭގަ ކޮވިޑު މިފެތުރެނީ އިންޑިއާއިން ފުޓުބޯޅަ ޓީމެއް ގެނެސްގެންނެއް ނޫން ހަމަ ދިވެހިންގެ ގޮތެއްފޮތެއް ނެތީމަ މައިތިރިނުވޭ މުޅިރަށުގަ ތެޅިބާލަނީ އެތިބަ