އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ފާއިތުވި 24 ގަޑި އިރު ތެރޭ އައްޑޫން 10 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއީ ފޭދޫން ޕޮޒިޓިވްވީ 3 މީހަކާއި ހުޅުދޫން ޕޮޒިޓިވްވި 7 މީހެކެވެ. މިމީހުންނާއި އެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 58 އަށް އިތުރުވެފައެވެ.
ކޮވިޑު-19ގެ ކޭސްތައް އައްޑޫގައި އިތުރުވަމުން އަންނަ އިރު އެޗްޕީއޭއިން ވަނީ އައްޑޫގައި ހާއްސަ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ވަނީ ކާފިއު ހިންގާފައެވެ.