އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން އައްޑޫ ކައުންސިލަށް އަހުލުވެރިކުރުމަށް އޮރިއެންޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އިންތިހާބުވި ކައުންސިލަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ޕްރޮގްރާމްގައި އައްޑޫ ކައުންސިލަށް އިންތިހާބުވި ހުރިހާ ކައުންސިލަރުން ބައިވެރިވި އިރު ހުޅުދޫ އަދި މީދޫން އިންތިހާބުވި ކައުންސިލަރުން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.
އައްޑޫ ކައުންސިލުން އޮރިއެންޓޭޝަން ޕްރޮގްރާމެއް ފެށި އިރު ލޯކަލް ކައުންސިލް އިންތިހާބަށްފަހު އަލަށް އިންތިހާބުވި ކައުންސިލަރުން ކައުންސިލްގެ މަސައްކަތަށް އަހުލުވެެރި ކުރުމަށް ކައުންސިލްގެ އިންތިގާލީ މުއްދަތުގައި މާބޮޑު މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ގިނަ ފާޑު ކިއުންތައް ދަނީ އަމާޒުވަމުންނެވެ.
އައްޑޫ ކައުންސިލް ނޫން އެހެން ކައުންސިލް ތަކުން މި އިންތިގާލީ ދުވަސްތަކުގައި އަލަށް އިންތިހާބުވި ކައުންސިލަރުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި، މާލެ ސިޓީ ކައުންސިލް ފާހަގަކޮށްލެވެއެވެ.