Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ރަޝިއާގެ ސްކޫލެއްގައި ބަޑިޖަހާ 7 ކުދިން މަރާލައިފި

Ambulances and police cars and a truck are parked at a school after a shooting in Kazan, Russia, Tuesday, May 11, 2021. Russian media report that several people have been killed and wounded in a school shooting in the city of Kazan. Russia's state RIA Novosti news agency reported the shooting took place Tuesday morning, citing emergency services. (AP Photo/Roman Kruchinin)

ރަޝިއާގެ ކަޒާން ސިޓީގެ ސްކޫލެއްގެ ތެރެއަށް ބަޔަކު ވަދެ ބަޑިޖެހުމުގެ ސަބަބުން 7 ކުދިންނާއި 2 ބޮޑު މީހުން މަރުވެ 20 މީހުން ޒަޚަމް ވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ ޓަޓާސްޓަން އަވަށުގައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރަޝިޔާގެ ޕްރައިމް މިނިސްޓަރު މިކެއިލް މިޝުސްޓިން ބުނެފައިވަނީ މިއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެ އަވަށުގެ ލީޑަރު ރުސްތަމް މިއްނިކަނޯވް ވަނީ މިއީ ވަރަށް ގެއްލުންދެނިވި ހާދިސާއެއް ކަމަށް ސިފަ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އިންތިހާއަށް ހިތާމަ ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާގެ ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ޕޫޓިން ވަނީ އެ ޤައުމުގެ ހަތިޔާރު ކޮންޓްރޯލް ކުރާ ޤާނޫނު އަލުން ބަދަލުތައް ގެންނަވާނެ ކަމަށެވެ.

މިއްނިކަނޯވް ވަނީ މިހާދިސާގައި މަރުވީ 7 ކުދިން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 4 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން ކަން ޔަޤީންކޮށް ދީފައެވެ. އެއީ ގްރޭޑް އަށެއްގައި ކިޔަވަމުންދިޔަ ދަރިވަރުން ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ. އަދި މަަރުވި ބޮޑު ދެމީހުންނަކީ ސްކޫލްގެ އަންހެން ޓީޗަރެއް ކަމަށާއި ދެވަނަ މީހާއަކީ މަސައްކަތު މީހެއްގެ ވަޒީފާއަދާކުރާ އަންހެނެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.