ސަލްމާންޚާންގެ ފިލްމް"ރާދޭ" އީދު ދުވަހު އޮންލައިންކޮށް ޒީ5 އަދި ޑީޓީއޭޗްގެ އޮޕަރޭޓަރުން މެދުވެރިކޮށް އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީސް ކޮށްފައިވާ އިރު މި ފިލްމް ވަނީ އެއް ދުވަހުގެ ތެރޭގައި 4.2 މީހުން ބަލާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމްގެ ރެކޯޑް ހަދާފައެވެ.
މި ފިލްމް ރިލީޒް ކުރާ ތާރީޚު އެނގުމާއެކު ގިނަ ބަޔަކު ވަނީ އޮންލައިންކޮށް ބެލުމަށް ޖާގަ ހޯދާފައެވެ. އަދި ފިލްމް ދައްކަން ފެށިތާ ގިނަ އިރެއް ނުވެ އެތައް ބަޔަކު މި ފިލްމު ބަލަން ފެށުމުގެ ސަބަބުން ސަރވާ ތަކަށް ބާރު ބޮޑުވެގެން ވެސް ދިޔައެވެ. މި ފިލްމް ނެރުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް އިންޓަނެޓުގައި މި ފިލްމް ލީކް ކޮށްލާފައިވުމުގެ ސަބަބުން ފިލްމަށް މީހުންގެ ތަރުހީބު ލިބޭނެ ވަރާއިމެދު ބައެއް ފަރާތްތަކުގެ މެދުގައި ސުވާލު ތަކެއް އުފެދުނެވެ. އެހެން ނަމަވެސް ހީކުރެވުނު ގޮތާއި ހިލާފަށް މި ފިލްމް ވެގެންދިޔައީ ތާރީޚީ ފިލްމަކަށެވެ. އީދު ބްލޮކްބަސްޓާއަށެވެ.
މި ފިލްމުގައި ލީޑް ރޯލުން ސަލްމާން ފެނިގެންދާ އިރު އޭނާގެ އިތުރުން ދިޝާ ޕާޓްނީ، ޖެކީ ޝްރޮފް އަދި ރަންދީޕް ހޫޑާ މުހިއްމު ރޯލުތަކުން މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރ ޕްރަބޫ ދޭވާއެވެ.