ސ. ހިތަދޫގެ ތިން މިސްކިތަކަށް އިމާމުން ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ ކައުންސިލުން ބުނީ އިމާމުން ބޭނުންވާ ތިން މިސްކިތުގެ އިމާމު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
މިކަމަށް އެދި އެދޭ ސިޓީ ފޮނުވަން ޖެހެނީ ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ އިދާރާގެ ޑިޕާޓްމަންޓްތަކުން މިހާރު ލިބެން ހުންނާނެ އެވެ.
މަގާމަށް ހޮވޭ އިމާމުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުމާއި
މިސްކިތުގައި ތަރާވީޙް ނަމާދު ކުރުމާއި ކަށު ނަމާދު ކުރުމާއި މިސްކިތު މަސައްކަތު މީހުން ލައްވައި މިސްކިތް ސާފު ކުރުވުމާއި މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމެވެ.