Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ފަލަސްތީނުގެ 10،000ށް ވުރެގިނަ މީހުން ގެދޮރު ދޫކުރަން މަޖްބޫރު ކޮށްފި

Smoke billows after an Israeli airstrike on Gaza City targeted the Ansar compound, linked to the Hamas movement, in the Gaza Strip on May 14, 2021. - Israel pounded Gaza and deployed extra troops to the border as Palestinians fired barrages of rockets back, with the death toll in the enclave on the fourth day of conflict climbing to over 100. (Photo by MAHMUD HAMS / AFP)

އިޒްރޭޒުން މި ދިޔަ ހޯމަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 10،000ށް ވުރެގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށްލަން މަޖްބޫރު ވެއްޖެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ފަލަސްތީނުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެތައް ސަތޭކަ މީހުން ވަނީ ޒަޚަމް ވެފައެވެ. އިޒްރޭލުން އެއްގަމުންނާއި ވައިގެމަގުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް އިމާރާތެއް ވަނީ ބިމާއި ހަމަވެފައެވެ.

އެންމެ ފަހުން އިޒްރޭލުން ދިން ހަމަލާތައް އަމާޒު ކޮށްފައިވަނީ ކުޑަކުދިން އެންމެ ގިނަ ސަރަހައްދުތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހުކުރު ދުވަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ ތެރެއަށް އެމީހުންގެ އިތުރު ލަޝްކަރުތަކާއި ޓޭންކަރުތަކާއެކު ވަދެގަންނަން ފަށާފައެވެ.

އިޒްރޭލުން ރޮކެޓް ހަމަލާތަކާއި، އަސްލު ވަޒަނާއި، ރަބަރު ވަޒަނުގެ ހަމަލާތައް ރައްޔިތުންނަށް އަމާޒު ކުރަމުންދާއިރު ފަލަސްތީނުގެ އާންމު ރައްޔިތުން އެމީހުންގެ ހިމާޔަތަށް އިޒްރޭލް ސިފައިންނާއި ދިމާލަށް އުކާތަން ފެންނަނީ ގަލެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަން ފަށާފައެވެ.