Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އިޒްރޭލުން މަރާލި ފަލަސްތީނު މީހުންގެ އަދަދު 126 އަށް އަރައިފި

GAZA CITY - GAZA - MAY 11: A man holding his child runs away after Israeli warplanes launched airstrikes over Gaza Strip, in Gaza City, Gaza on May 11, 2021. ( Ali Jadallah - Anadolu Agency )

އިޒްރޭލްގެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 126 އަށް އަރައިފިއެވެ.

އިޒްރޭލްގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 31 ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި މިހާތަނަށް ޒަޚަމްވި މީހުންގެ އަދަދު ވަނީ 920އަށް އަރާފައެވެ.

އިޒްރޭލުން ދެމުންގެންދާ ހަމަލާގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ޔޫއެންގެ ފަރާތުން ޣައްޒާގައި ހިންގާ ސްކޫލަކުން ވަގުތީ ހިޔާ ހޯދާފައެވެ. އިޒްރޭލްގެ ސިފައިންދަނީ އަނިޔާވެރި ގޮތްގޮތަށް މީހުން މަރާ އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.

އަނިޔާވެރި ޔަހޫދީން ޣައްޒާއަށް ކެނޑި ނޭޅި ދެމުންދާ ބިރުވެރި ހަމަލާތަކުގެ ސަބަބުން އެތަކެއް ބައެއްގެ ގެދޮރާއި ދިރިއުޅުން ސުންނާފަތިވެއްޖެއެވެ. އަދި އެތައް ޒުވާނުންނެއް ޝަހީދުވެއްޖެއެވެ. އެތަކެއް ކުޑަކުދީންނެން އެކުދީންގެ މަންމައިންގެ ކުރިމަތީގައި ވަނީ ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.

އިޒްރޭލުން ގުދުސް ހިފީ 1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައެވެ. އޭގެ ފަހުން ގުދުސް އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސި ނަމަވެސް ބައިނަލަގްވާމީ ދުނިޔެއިން އެކަން ބަލައިގެންފައެއް ނުވެއެވެ.