ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ޓްވިޓާގައި ރައީސް ވަހީދަކީ "ހަރުބީ ކާފިރެއް" ކަމަށް ބުނެ ކޮށްފައިވާ ޓްވީޓްތަކަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ފާޑު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ވަހީދަކީ "ހަރުބީ ކާފިރެއް" ކަމަށް ހުކުމްކޮށް ނިންމެވީ ކޮން އަސާސެއްގެ މައްޗަށްތޯ އައްސަވާ ސުވާލު ކުރައްވާފައެވެ.
މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)ގެ ޓްވީޓްތަކުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ދަރިކަނބަލުންނަށް ނިސްބަތް ކުރައްވާ މުނާފިޤު ބަފައެއްގެ މުނާފިޤު ދަރިއެއް ކަމަށް ލިޔުއްވާފައިވެއެވެ. އަދި އެހެން ޓްވީޓެއްގައި ބާޣީ ވަހީދަކީ ހުރިހާ ދަރިން ކާފިރުންނާއި ދެވައިގެން އުޅޭ ބޮޑު ހަރުބީ ކާފިރެއް ކަމަށް ލިޔުއްވާފައިވެއެވެ.
Mihaaru maa adu gadha kurahvaa MP ah v salaam! Raees waheed akee 'Harubee kaafireh' kamah Hukum koh thiya nimmevee kon asaas eh ge mahchah thoa?! Mifenna bas magakee mee kon kahala speech eh thoa?! pic.twitter.com/Hoi2n2x5MK
— Ali Zaid (@alizaid1000) May 18, 2021
"މިހާރު މާ އަޑުގަދަ ކުރައްވާ އެމްޕީއަށް ވަރަށް ސަލާމް! ރައީސް ވަހީދަކީ "ހަރުބީ ކާފިރެއް" ކަމަށް ހުކުމްކޮށް ތިޔަ ނިންމެވީ ކޮން އަސާސެއްގެ މައްޗަށް ތޯ؟މިފެންނަ ބަސްމަގަކީ މީ ކޮންކަހަލަ ސްޕީޗެއްތޯ؟!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.
މެމްބަރު ވައްޑެ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު މިއަދު މަޖިލީހުގައި ވަނީ ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކުގެ ސަަބަބުން ލިބޭ ގެއްލުމާގުޅޭ ގޮތުން ގިނަ މެމްބަރުން ވާހަކަ ދައްކާފައެވެ. އަދި ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ވާހަކަ ދައްކާ މީހުނާމެދުވެސް އަވަސް ފިޔަވަޅު އެޅުމަށް ގިނަ މެމްބަރުން މަޖިލީހުގައި ގޮވާލާފައިވެއެވެ.