މާލޭ އިމާރާތެއްްގެ ފަސްވަނަ ބުރިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީހަކު ވެއްޓިފައިވަނީ ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ އެންދެރިމާގެ އާއި އިންވެގެން ހުންނަ އެންދެރިކުރި ގޭގެ ފަސްވަނަ ފަންގިފިލާއިންނެވެ.
ވެއްޓުނު މީހާ ފަރުވާ ދިނުމަށް އައިޖީއެމްްއެޗްއަށް ގެންގޮސްފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިން ކަމަށް މައުލޫމާތު ލިބެއެވެ.
އެ މީހާއަށް ލިބުނު އަނިޔޭގެ ތަފްސީލެއް އަދި އެމީހާގެ ވަނަވަރެއް ސާފެއް ނުވެއެވެ.
ރޭ ހުޅުމާލޭއިން ވެސް ވަނީ މިފަހަ ހާދިސާއެެއް ހިނގާފައެވެ. ޒަހަމްތަކާއި އެކު ގެސްޓު ހައުސްއެެއްގެ ތިން ވަނަ ބުރި ވެއްޓިފައި އޮތް ޒުވާނަކު ވަނީ ފެނިފައެވެ. އެމިހާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު މި ދެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.