Last Updated: November 28, 04:25
Thursday, November 28, 2024
މުނިފޫހިފިލުވުން

"ކޮފީ ވިތު ކަރަން" އަންނަ މަހު އެކެއްގައި

ގިނަ ބަޔަކު މިހާރު ވެސް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ކަރަން ޖޯހަރުގެ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން 4" އަންނަ މަހުގެ އެކެއްގައި އޮން އެއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކާމިޔާބް، މަޝްހޫރު ފިލްމްތަކެއް ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށްފައިވާ ކަރަންގެ ޗެޓް ޝޯގެ ހަތަރު ވަނަ ސީޒަން މި ފަހަރު ވެސް ގެނެސް ދޭނީ ސްޓާ ޕްލަސްއިންނާއި ސްޓާ ވޯލްޑް އިންނެވެ.

ހަތަރު ވަނަ ސީޒަންގެ ހުޅުވާ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުން ބައިވެރި ވާނީ ސަލްމާން ހާނެވެ. އަދި ސަލްމާނާ އެކު އޭނާގެ ބައްޕަ ސާލިމް ހާން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ "ކޮފީ ވިތު ކަރަން" ޝޯގައި ސަލްމާން ބައިވެރިވާ ފުރަތަމަ ފަހަރު ވެސް މެ އެވެ. މި ސަބަބާ ހުރެ ޝޯގެ ފުރަތަމަ އެޕިސޯޑާ މެެދު ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ބޮޑުވެފަ އެވެ.

އެހެން ނަމަވެސް ކުރިން ކަރަން ހުށަހެޅި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް ސޮނީ ޓީވީން ގެނެސް ދިން "ލިފްޓް ކަރާދޭ" ޝޯގައި ސަލްމާން މެހުމާނެއްގެ ގޮތުން ބައިވެރިވެފައިވެ އެވެ.

"ކޮފީ ވިތު ކަރަން" ހެ ހަތަރު ވަނަ ސީޒަނުގެ ފުރަތަމަ އެޕިސޯޑްގައި ސަލްމާންގެ ޒާތީ ހަޔާތާ ބެހޭ ވަރަށް ގިނަ ސިިއްރުތަކެއް ކަރަން އާންމުންނާ ހަމައަށް ތިލަ ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލް ކުރެވެ އެވެ.