އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ އައްޑޫގައި ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އުމުރުން 91 އަހަރުގެ ހުޅުދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
އައްޑޫސިޓީގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 190 ކޭސް އެބަ ތިއްބެވެ. އޭގެތެރެއިން ދެ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 145 ކަށް އަރާފައެވެ. މިއީ މިމަހު ކޮވިޑްގައި މަރުވި 72 ވަނަ މީހާއެވެ.