މިއަދުގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައިއޮތް ބަލި މީހަކާމެދު ހިންގާފައިވާ އަނިޔާވެރި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.
މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މި މައްސަލައާއި ގުޅޭގޮތުން އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާގައި ކުރެއްވި ޓްވީޓްތަކެއްގައެވެ.
މިއަދުގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައިއޮތް ބަލި މީހަކާމެދު ހިންގާފައިވާ އަނިޔާވެރި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިންދަނީ ތަޙުޤީގު ކުރަމުން.
— Ministry of Gender, Family and Social Services (@MoGFSSmv) May 26, 2021
"މިއަދުގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައިއޮތް ބަލި މީހަކާމެދު ހިންގާފައިވާ އަނިޔާވެރި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިންދަނީ ތަޙުޤީގު ކުރަމުން." ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުންއަންނަނީ ބަލިމީހާއަށް އެހީތެރިކަންފޯރުކޮށްދެމުން. އަދި، މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއެކު މިނިސްޓްރީއިން އަންނަނީ މަސައްކަތްކުރަމުން.
— Ministry of Gender, Family and Social Services (@MoGFSSmv) May 26, 2021
"މި ހާދިސާއާ ގުޅިގެން މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުންއަންނަނީ ބަލިމީހާއަށް އެހީތެރިކަންފޯރުކޮށްދެމުން. އަދި، މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއެކު މިނިސްޓްރީއިން އަންނަނީ މަސައްކަތްކުރަމުން." ޓްވީޓްގައި ބުނެފައިވެއެވެ.
ޖެންޑާ މިނިސްޓްރީން ވަނީ ބަލިމީހާއަށް މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި (އެޗްއެމްއެފް)އޮތް ބަލި މީހަކަށް ބިދޭސީ އެހީތެރިޔަކު އިހާނެތިކޮށް ހިތާ ވީޑިއޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ބަލި މީހާގެ ގައިގައި ޖެހިތަން ވެސް ފެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށާއި މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ބިދޭސީ އެހީތެރިޔާ އަކީ އެ ބަލި މީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ މީހެއް ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އޭނާ އެ ބަލިމީހާގެ ކަންކަމުން އެއްފަރާތްކޮށްފައިވާކަން އާއިލާ އަށް މިހާރު އަންގާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި ސިއްހީ ހިދުމަތްތެރިން އެ ބަލި މީހާގެ ކަންކަން މިހާރު ބަލަހައްޓަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.